މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަންކިޔުން

                މިކުންފުނީގެ ( ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަނޓް) ގެ ފަރާތުން ބަލަހައްޓަމުން ގެންދާ  ތިލަފުށި ސައިޓް ގައިހުރި 5 ޑަމްޕް ޓްރަކް، 1 ޑަމްޕް ބާރޖް އަދި  ބާދަގަނޑުތަކެއް (ޖުމްލަ ގާތްގަނޑަކަށް 260 ޓަނުގެ)  ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.                        

1-       ނީލަން ކިއުން އޮންނާނީ 28 ނޮވެމްބަރު 2019 ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )  ގައެވެ.

2-       މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައި އެވެ.

3-       މިތަކެތި ބައްލަވަންބޭނުންވެ ލައްވާފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމް ހަމަޖެހޭނެއެވެ.

4-       ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 10,000/- ރ (ދިހަހާސް ރުފިޔާ) 28 ނޮވެމްބަރު 2019  12:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

5-       ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.

6-       ނީލަން ފެށޭނީ ޓަނަކަށް -/1000 ރުފިޔާގެ ރޭޓުންނެވެ.

7-       ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000 (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއްހުށަ އަޅައިގެންނެވެ.

8-       ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.

9-       ނީލަންނިމޭތާ 10 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

10-   ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

11-   260 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ޕޭމަންޓް ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 260 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

                  މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް  3001174/7743041  /7908563 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.               

25 ނޮވެންބަރު 2019
ހޯދާ