މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ގުޅީފަޅު އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މުވައްޒަފުންނަށް ކައްކާ ކާންދިނުމުގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުން.

ގުޅީފަޅު އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅޭ މިކުންފުނީގެ މުވައްޒަފުންނަށް 02 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަތަކެތީގައި ކައްކާ ކާންދިނުމުގެ ޙިދްމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-P/IU/2015/0196 ( 13 ނޮވެމްބަރ 2019 ) އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

      ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެމްބަރ 2019 ވަނަ ދުވަހުގެ11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 08 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

25 ނޮވެންބަރު 2019
ހޯދާ