އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

  1. 1 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ AS-B/IU/2019/78 (31 އޮކްޓުބަރ 2019) އިއުލާނަށް ހުށައެޅުނު ބިޑްތަކުގެ އަގުތަކަކީ އެކަށީގެންވާ އަގުތަކަކަށް ނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ  28 ވާ ބުރާސްފަތި ދުވަހު 10.00 ށް  މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

3. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 1 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

6. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

27 ރަބީޢުލްއައްވަލް 1441

24 ނޮވެންބަރު 2019
ހޯދާ