ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރާ ބިމަށް އިތުރުކުރުމަށް ބޭނުންވާ ބިމުގައިހުރި ރުއްގަހުގެ ބަދަލާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ކުނިމެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދާ ބިމުގެ އިރަށްވާގޮތަށް 80 ފޫޓް ހިމަނައިގެން ބިން ބޮޑުކުރުމަށް ހަމަޖެހިފައިވާތީ، އެބިމުގައި (ވަށައިގެންވާ މަގުތައް ހިމެނޭގޮތަށް) ހުރި މިކައުންސިލުން 1 އިން 11 އަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކާއި، 1 ފުނަގަހާއި، 1 އިން 2 އަށް ނަންބަރ ޖަހާފައިވާ މާކަށިކެޔޮގަސްތަކުގެ ވެރިފަރާތްތަކަށް އެރުއްގަހުގެ ބަދަލުދޭން ބޭނުންވެއެވެ.

ވީމާ، މިބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުއްގަސްތައް އެނގޭނެހެން ތިރީގައި މިވާގޮތަށް ޢަދަދު ބަޔާންކޮށް 2019 ޑިސެމްބަރ 05 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް މަޢުލޫމާތަށްޓަކައި ޢާންމު ކުރީމެވެ.

-         ރުކުގެ ޢަދަދު، ރުއްތަކުގައި ޖަހާފައިވާ ނަންބަރާއެކު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް)

-         ފުނަ ގަސް؛ (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް)

-         މާކަށިކެޔޮގަސްތަކުގެ ޢަދަދު؛ ގަހުގައި ޖަހާފައިވާ ނަންބަރާއެކު (ފޯދުނު ރަނގަޅުގަސް، ފޯދުނު އާދައިގެ ގަސް، ނުފޯދޭގަސް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2019
ހޯދާ