ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ފުޓުސަލް ދަނޑުގައި ނުނިމި ހުރި މަސައްކަތް އަމިއްލަތަކެތީގައި ކުރުން.

އިޢުލާން

ފ.މަގޫދޫ ފުޓްސެލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުން

                        ފ. މަގޫދޫ ފުޓްސެލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

                          މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށައަޅާއިރު އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއި، ޖީ.އެއް.ޓީ ރެޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށައަޅަން ވާނެއެވެ.

        

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގެ މީޓިންގް ރޫމް

މަޢުލޫމާތު ސާފްކުރުން

2019 ނޮވެންބަރު 27 ވަނަ ދުވަހުގެ 13:00 ގައި

އަންދާސީ ހިސާބު ހުށައެޅުން

2019 ޑިސެންބަރު 1ވަނަ ދުވަހުގެ 13:00 ގައި

ބިޑްފޮތްވިއްކުން

2019 ނޮވެންބަރު 24 ވަނަ ދުވަހުން ފެށިގެން މިކައުންސިލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާސް: 100.00ރ އަށް

 

 

              ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ. ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.           

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

   26 ރަބީޢުލްއައްވަލް 1441

                        23 ނޮވެންބަރު 2019                               

24 ނޮވެންބަރު 2019
ހޯދާ