ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
މިސުކޫލްގައި ގުދަނެއް އިމާރާތް ކުރަން ބޭނުންވެއްޖެ

ހިރިމަރަދޫ ސުކޫލް

 ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ              

އިޢުލާން

 

GS-88/2019/IUL/16 :ނަންބަރ

 

މިސުކޫލްގައި ގުދަނެއް އިމާރާތް ކުރަން ބޭނުންވެއްޖެ               

ތާރީޚް: 24 ނޮވެމްބަރ 2019

 

          މިސުކޫލްގެ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި ގުދަނެއް އިމާރާތް ކުރުމަށް ބޭނުންވެއެވެ.

                    ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.

 

ތާރީހާއި ގަޑި

ތަފްސީލް

04 ޑިސެމްބަރ 2019 (ބުދަ) 14:00

މައުލޫމާތު ދިނުމުގެ ބައްދަލުވުން

09 ޑިސެމްބަރ 2019 (ހޯމަ) 13:30

އަންދާސީ ހިސާބު ހުށައެޅުން

 

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރިކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރ:2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ:2018/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް  އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2019
ހޯދާ