ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2019/111 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-28-19) PSM-TV-Pro /2019/213 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީއެމް އިން ދެއްކުމަށް 10 މިނެޓްގެ 15 ވީޑިއޯ ޑްރާމާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޑްރާމާތަކަކީ އިޖްތިމާޢީ ތަފާތު މައްސަލަތަކަށް ތަފާތު ސްޓޯރީތަކަށް ތައްޔާރުކުރެވޭ ޑްރާމާތަކެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް މިޑްރާމާތައް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
24 ރަބީޢުލްއައްވަލް 1441
21 ނޮވެމްބަރ 2019