ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި އިޢުލާންވަނީ 28 ނޮވެންބަރު 2019 13:44 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

2020 ވަނައަހަރުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައިވާ މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދީ ދަރިވަރުންނަށް ރަށުން (ކ.ހުރާ)އިން ލިބޭނެގޮތް އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު  ހުށަހެޅުއްވުން އެދެމެވެ.

 

      މަޢުލޫމާތު ދިނުންއޮންނާނީ 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30ގައި މިސްކޫލުގައެވެ.

 

            އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 1:30 ގައެވެ.

 

            މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅާ އަންދާސީ ހިސާބު ބާޠިލް ވާނެވާހަކަ ދެންނެވީމެވެ. ބަދަލްގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތުގެ ސިޓީއަކާއި އެކު ހާޒިރުވެލައްވާ ފަރާތުގެ އައި.ޑީ.ކާޑު ގެންނަވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލުގެ ފޯން ނަމްބަރު 6640177 އާއި ގުޅުއްވުން އެދެމެވެ.

            މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             

            24   ރަބީޢުލް އައްވަލް    1440

            21   ނޮވެމްބަރ        2019

21 ނޮވެންބަރު 2019
ހޯދާ