މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 04 ޑިސެމްބަރ 2019 ގެ ނިޔަލަށް

އެނައުންސްމަންޓް

 

ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 04 ޑިސެމްބަރ 2019 ގެ ނިޔަލަށް

 

"ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގެ ގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުން މަދުކުރުމަށް ޑިސެމްބަރ 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު އިންތިޒާމްކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި  "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 25 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހެނީ ސީދާ އެ ޕްރޮގްރާމަށް އެ ޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށެވެ. ނަމަވެސް، ޕްރޮޕޯސަލްތައް އެކުލަވާލުމުގައި އެހީތެރިކަން ބޭނުންވާ އަދި މި ގްރާންޓް ޕްރޮގްރާމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރ  3014411އާއި ގުޅުއްވުމުން ނުވަތަ އީމެއިލް އިން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

 

މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަ ކޮށްލެވޭފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.

  • Tax and price measures, including illicit trade policy in relation to taxation.
  • Direct and indirect advertising bans (including promotion and sponsorship).
  • Establishment of smoke-free legislation for public places and workplaces.
  • Policies for graphic warning labels on tobacco products.
  • FCTC Article 5.3 policy (this must be in association with strengthening MPOWER policies).

 

  • ·         ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 4 ވަނަ ދުވަހެވެ.
  • މި ޕްރޮގާމާއިބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު އަންނަނިވި ވެބްސައިޓުން ހޯއްދެވުން އެދެމެވެ.http://www.tobaccocontrolgrants.org/ Apply-for-aGrant.
21 ނޮވެންބަރު 2019
ހޯދާ