މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސުކޫލްގެ ބައެއް މަރާމާތުތައް ކުރަން ބޭނުންވެއްޖެ

މިސްކޫލުގައި ތިރީގައިވާ މަރާމާތުތައް ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

  1. ހޯލް އިމާރާތުގެ ޕާޓްޝަން މަރާމާތުކުރުން
  2. ދަރިވަރުންގެ ފާޚާނަތައް މަރާމާތުކުރުން
  3. ބޯފެން ތާގި ހިޔާކޮށް ފެންވައިރިންގ އެޅުން

 

             ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 28 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ސުކޫލައް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޑިސެންބަރު 9 ވަނަ ދުވަހުގެ 13:00އަށް ފިއްލަދޫ ސުކޫލައް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި،އެޑްރެސް " ސުކޫލުގެ މަރާމާތުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

            އަދި، މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

              މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

20 ނޮވެންބަރު 2019
ހޯދާ