މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މަގު ހެދުމާ ބަނދަރު ހެދުމުގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

 

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިމިވާ މަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕެކޭޖް ނަންބަރު

ޕެކޭޖް ނަން

ޕެކޭޖް 1

ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ.ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 2

ށ.ޅައިމަގު ހާބަރު އަދި ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ށ.ކޮމަންޑޫ، ށ.ފީވަށް، ށ.ފޯކައިދޫ، ނ.ހެނބަދޫ، ނ.މިލަދޫ އަދި ނ.ލަންދޫ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ރ.އުނގޫފާރު އަދި ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 3

ރ.ރަސްމާދޫ، ރ.ރަސްގެތީމު، ރ.އަނގޮޅިތީމު، ރ.މާކުރަތު، ރ.މަޑުއްވަރި، ބ.ފުޅަދޫ އަދި ބ.ފެހެންދޫ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ބ.އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 4

ކ.ހިންމަފުށި، ކ.ހުރާ، އއ.ހިމަންދޫ، އދ.ހަންޏާމީދޫ، އދ.މަންދޫ، އދ.ދިއްދޫ، ވ.ކެޔޮދޫ، ވ.ރަކީދޫ އަދި ވ.ފެލިދޫ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 5

މ.ވޭވަށް، ފ.ދަރަބޫދޫ، ދ.ހުޅުދެލި، ދ.ރިނބިދޫ، ތ.އޮމަދޫ، ތ.ގުރައިދޫ ލ.އިސްދޫ އަދި ލ.މާވަށް ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ލ.ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 6

ގއ.ކަނޑުހުޅުދޫ، ގއ.ވިލިނގިލި، ގއ.މާމެންދޫ، ގދ.ތިނަދޫ އަދި ސ.މަރަދޫފޭދޫ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ޏ.ފުވައްމުލައް މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ސ.މީދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

 

2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ތަވާލުގައި ދެންނެވިފައިވާ ޕެކޭޖްތަކުގައި ހިމެނޭ ރަށްތަކުގައި ކުރިއަށްގެންދާ މަގުހެދުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ސުޕަވިޝަން މަސައްކަތެވެ.

 

3. މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ޙާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

4. ބިޑް ހުށަހަޅާ ފަރާތަށް އެއް ޕެކޭޖް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް ޝައުގުވެރިކަން ފާޅުކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.

 

5. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

 

6. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 21 ނޮވެންބަރު 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 

7. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 05 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 1300 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.

 

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: +(960) 3349105

އީ މެއިލް: [email protected]

ކޮޕީ:    [email protected]

20 ނޮވެންބަރު 2019
ހޯދާ