މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ.ބީ ފެއަރ 2020، 2021 އަދި 2022 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

                                                                   ނަންބަރ: IUL)MMPRC-PRO/1/2019/88)

އިޢުލާން

 އައި.ޓީ.ބީ ފެއަރ2020، 2021 އަދި2022ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ބާއްވާ އައި.ޓީ.ބީ ފެއަރ 2020، 2021 އަދި2022ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2019 ނޮވެމްބަރ 21 ން 2019 ޑިސެމްބަރ 10ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނުން -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. އާރ.އެފް.ޕީ ގަންނަން ބޭނުންފުޅު ވެލައްވާ ފަރާތްތަކުން ކޭޝް، ޗެކް ނުވަތަ މި ކޯޕަރޭޝަނުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވުމުން އާރ.އެފް.ޕީ ލިބިވަޑައިގަންނަވާނެއެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.  ހަމަ އެހެންމެ ޕްރޮޕޯސަލް ހުށަހެޅޭނީ އާރ.އެފް.ޕީ ގަންނަން ފަރާތުގެ ނަމުގައެވެ. .އާރ.އެފް.ޕީ ގަންނަންވާނީ އައި.ޓީ.ބީ ފެއަރ 2020، 2021 އަދި2022ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށްށެވެ.

ފައިސާ ޓްރާންސްފާ ކުރައްވާއިރު އިތުރު ޗާރޖެއް ބޭންކުން ނަގާކަމަށް ވާނަމަ އެ ފައިސާ ދައްކަންވާނީ (އާރ.އެފް.ޕީ) ގަންނަން ހުށަހަޅާ ފަރާތުންނެވެ. ބިޑް ގަންނަ ފާރާތައް (އާރ.އެފް.ޕީ) ހަވާލުކުރެވޭނީ މި ކުންފުނީގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާ ވުމުންނެވެ. ތިރީގައި މި ވަނީ ކުންފުނީގެ ބޭންކް އެކައުންޓުގެ ތަފްސީލެވެ؛

ބެނިފިޝަރީ: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލެޝަންސް ކޯޕަރޭޝަން

ޢެކައުންޓް ނަންބަރު ( އެމެރިކާ ޑޮލަރު) : 001-700719-7701

ސްވިފްޓް ކޯޑް: MALBMVMV

ބޭންކް: ބޭންކް އޮފް މޯލްޑިވިސް

އެޑްރެސް: ބީ.އެމ.އެލް ބިލްޑިންގް 11/ ބޮޑުތަކުރުފާނު މަގު، 20094، މާލެ ، ދިވެހިރާއްޖެ

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2019 ޑިސެމްބަރ 24 ވަނަ ދުވަހުގެ 15:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ.  ސިޓީ އުރައިގެ ބޭރުގައި  " އައި.ޓީ.ބީ ފެއަރ 2020، 2021 އަދި2022ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު ހަމަވުމުން، ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.

 ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected]        އަދި ކޮޕީކުރައްވާނީ [email protected]

 

އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފާތިމަތު ރަހީލް

ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު

މާލެ، ދިވެހިރާއްޖެ

ފޯން:  3323228، 3331826

އީ-މެއިލް: [email protected] އަދި [email protected]

           23 ރަބީޢުލް އައްވަލް 1441ހ.

           20 ނޮވެމްބަރ 2019މ.          

20 ނޮވެންބަރު 2019
ހޯދާ