ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް އިދާރާައަށް އެސިސްޓެންޓް ޑިރެކްޓަރަކު ހޯދުމާގުޅޭ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

J-318130

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

މަހަކު 7,035.00 (ހަތްހާސް ތިރީސް ފަސްރުފިޔާ)

މުސާރަ:

މަހަކު 2,000.00 (ދެހާސް ރުފިޔާ)

ސަރވިސް އެލެވަންސް:

  1.  -ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނުނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. -ސިވިލްސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. -ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
  5. – ޓެކްނިކަލް ކޯ އެލަވަންސް : މުސާރައިގެ%28 (އިކޮނޮމިކްސް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓުގެ   ދާއިރާ)

އެހެނިހެން އެލަވަންސް:

  1. 1-ކައުންސިލް އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަންގެ އިސްމުވައްޒަފުގެ ހައިސިއްޔަތުން ސެކްޝަން ހިންގައި ބެލެހެއްޓުން.
  2. 2-ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ސެކްޝަންގެ މުވައްޒަފުންލައްވާ ތައްޔާރުކުރުވުމާއި އެ ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމާއި ޕްލޭން ކުރެވިފައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމާއި އަދި ފައިނޭންޝިއަލް ޕްލޭންގައި ވާގޮތަށް ފަންޑު ނުވަތަ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކޮށް، މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން
  3. 3-ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް އިޢުލާންކޮށް އަދި އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި އެކޮމެޓީއިން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ސެކްޝަނުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ މުވައްޒަފުން ލައްވާ ތައްޔާރުކޮށް އެއާއެއްގޮތަށް ކުރެވޭ މަސައްކަތްތައް ހިނގާގޮތް ބެލުން.
  4. 4-ރަށުގެ މަގުތަކުގައި ޖަހާފައިވާ މަގުބައްތިއާއި، ބަނދަރު ބައްތިތަކާއި، އިޖްތިމާޢީގޮތުން ބޭނުންކުރުމަށް ޖަހާފައިވާ އެންމެހާ ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އަލަށް ޖަހަންޖެހޭ ބައްތިތައްޖެހުމާއި، އުނިކުރަންޖެހޭ ބައްތިތައް އުނިކުރުން.
  5. 5- މީހުންގެ އަމިއްލަ ބިންތަކާއި މުދާ އިޖްތިމާޢީ ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެ ނަމަ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުނަށްފަހު އެފަދަ ތަންތަން ނެގުން.
  6. 6- ރަށުން ދިރިއުޅުމަށް ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، އަދި އެހެނިހެން ބޭނުން ތަކަށް ދޫކުރަންޖެހޭ ބިން ބިން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ދޫކުރުމުގެ އެންމެހައި އިންތިޒާމްތައް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ހަމަޖެއްސުން.

7- ދަނޑުވެރިންގެ ރަޖިސްޓްރީ އާއި ދަނޑުވެރިކަމާއިގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

8- ދައުލަތުގެ އެކިއެކި މުއައްސަސާތަކުންދޭ ޚިދުމަތްތަކުގެ ތެރެއިން ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

9-ފިހާރަތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ބެލެހެއްޓުން

  1. 10- ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަން ހިންގުން

11- ރަށުގެ އިޤްތިޞާދީ ތަރައްޤީއާބެހޭ އެންމެހައި ކަންކަމާއި، ރަށުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކާބެހޭ އެންމެހައި ކަންކަން  ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުން.

12- ލޭންޑު ސަރވޭކުރުމާއި، ބިމާބެހޭ ޕްލޭން ރިވިއުކޮށް ބިންބިމާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

13- މިސްކިތްތައް ބެލެހެއްޓުން

14- ރަށުގެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބެލެހެއްޓުން

15-އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި، ދޫކުރުން

16-ކައުންސިލުން ހިންގާ މަޝްރޫޢުތަކުގެ ކުރެހުންތަކާއި، މަޢުލޫމާތު ކަރުދާހާއި އެގްރިމެންޓް ހެދުމުގައި އެހީތެރިވުމާއި ކުރެހުމާއި މަޢުލޫމާތު ކަރުދާސް ޗެކްކޮށް ޕްރޮޖެކްޓްތަކަށް ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުނިސިޕަލް ސާވިސަސް، އިކޮނޮމިކްސް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ވަޒީފާގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2.  ނުވަތަ،
  3. މުނިސިޕަލް ސާވިސަސް، އިކޮނޮމިކްސް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1.  
  2. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  7. (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

9. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%35)
  • އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) (%5)
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަމްރީނު (15%)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް) (%45).
  • ނޯޓް: ލިބުނު ޕޮއިންޓް %55 އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 1 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ 3 އާއި 2019 ޑިސެމްބަރ 9 އާއި ދެމެދު، ނޮޅިވަރަންފަރު  ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520045 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން

20 ނޮވެންބަރު 2019
ހޯދާ