ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންސީ

ސިވިލް ސަރވިސް ކޮމިޝަނަށް ބޭނުންވާ "ރެކްރޫޓްމަންޓް އެސެސްމެންޓް ކުއެޝަން ބޭންކް" އަދި "އިންޓަރވިއު ކުއެޝަން ބޭންކް" ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ބޭޏުންވެއްޖެ

މަސައްކަތުގެ ތަފްޞީލް:

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް" އަށް ބައްޓަން ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކޮންޕީޓެންސީ ޓެސްޓު ކުރާނެ ގޮތްތަކުގެ މައްޗަށް އެކުލެވޭ "ސުވާލު ބޭންކް" ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.  

މަސައްކަތުގެ އަގު: މަހަކު 25,000 (ފަންސަވީސް ހާސް ރުފިޔާ)

މަސައްކަތުގެ މުއްދަތު: 4 މަސް

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކާއި، މަސައްކަތުގެ ތަފްޞީލާއި މަސައްކަތަށް ކަނޑައަޅާފައިވާ އަގު އަދާކުރާނެގޮތްތައް އަދި މަސައްކަތުގެ މުއްދަތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ސިޓީއާއި، ސީވީއާއި، އައިޑީ ކާޑު ކޮޕީއާއި، ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް، 2019 ނޮވެންބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

ފޯނު: 3307307/3307301 

އީމެއިލް: [email protected]

ވެބްސައިޓް: www.csc.gov.mv

20 ނޮވެންބަރު 2019
ހޯދާ