އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒަރޫރީ ބޭނުންތަކަށް ވެލިނަގަމުންއައި ސަރަހައްދު ބަދަލުވުން.

ރަސްދޫ މަޑިވަރު ފަޅުތެރެއިން ވެލިނެގުމަށް އީ.ޕީ.އޭ އިން ކުރިން ކަނޑަ އަޅާފައިވާ ސަރަހައްދު ބަދަލުވެފައިވާތީ، އެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                އަދި، ޒަރޫރީ ބޭނުންތަކަށް މެޝިނަރީޒް ބޭނުން ނުކޮށް، އުދަލ ފަކީރާ ފަދަ އާލާތްތައް ބޭނުންކޮށްގެން، ވެލިނެގުމަށް މިހާރު ކަނޑައަޅާފައިވާ ސަރަހައްދަކީ، ކުރަމަތި ފަޅުގެ އުތުރުކޮޅު ނިމޭ ހިސާބު ފަޅުމަތިން ކަމުގައި ދެންނެވީމެވެ. މި ސަރަހައްދު އެނގޭނޭ ކުރެހުމެއް މި އިޢުލާނާއެކު ހީރަސް ކުރެވިފައި އެވަނީއެވެ.

                ވީމާ، މި ސަރަޙައްދުން ވެލި ނެގުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތައް ޢަމަލު ކުރެއްވުމަށް ދެންނެވީމެވެ.

1-    ހިކިފަސް ހިމެނޭ ފިނޮޅުފަދަ ތަންތަނުން ވެލި ނުނެގުން އެފަދަ ތަނެއް އޮތްނަމަ، އެތަނަކާއި 150 ފޫޓް ދުރުން ވެލިނެގުން.

2-    ފަޅުގެ ނުވަތަ ފަރުގެ ބޭރު ތޮށިން ފެށިގެން 500 މީޓަރު ކައިރިން އެތެރެވަރިން ވެލި ނުނެގުން.

3-    ފަޅުގައި މޫދުވިނަ ނުހިމެނޭ ސަރަޙައްދުތަކުން ވެލިނެގުން.

19 ނޮވެންބަރު 2019
ހޯދާ