ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
2020 ވަނައަހަރަށް މަރާމާތު ކުރުމުގެ

         

 2020 ވަނަ އަހަރަށް ސްކޫލްހުޅުވެން ވާއިރަށް ބައެއްމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމުގެ 01 ވަނަދަޢުވަތު

 

  1. މިސްކޫލްގެ 2020 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްގެ ބައެއްމަރާމާތުތައް ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ނޮވެމްބަރ 20 އިން 2019 ނޮވެމްބަރ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓްކުރެއްވުމަށްފަހު މައުލޫމާތު ނެންގެވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަލާފާނު ސްކޫލްގައެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލާފާނުސްކޫލް

މާލެ

ފޯން: 3328991/3326607

އީ-މެއިލް: [email protected]

 

 

22 ރަބީއުލްއާހިރާ      1441

19 ނޮވެމްބަރ         2019

19 ނޮވެންބަރު 2019
ހޯދާ