ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ތުނޑި ސަރަޙައްދުގައި ނަމާދުކުރާ ގެއަކާއި ފާޚާނާ ބަރިއެއް ހެދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. ފުވައްމުލަކު ތުނޑި ސަރަޙައްދުގައި ނަމާދުކުރާ ގެއަކާއި ފާޙާނާ ބަރިއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު IUL)468-U01/468/2019/209) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގައި ބަލާނީ ބީލަން ފޮތުގައިވާ ކަންތައްތަކަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރައްވަންޖެހިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީ ކުރެއްވޭނީ 20 ނޮވެންބަރު 2019 އިން 28 ނޮވެންބަރު 2019 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

4. ރަޖިސްޓްރީކުރެއްވުމުން ބީލަންފޮތް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ.

5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ  08 ޑިސެންބަރު 2019  ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862829، 6862828، 6862830

އީމެއިލް: [email protected]

 

22 ربيع الأوّل ‎ 1441

19 ނޮވެންބަރު 2019

19 ނޮވެންބަރު 2019
ހޯދާ