މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/412) (ނޮވެމްބަރ 12 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގަ އަދި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

22 ރަބީއުލްއައްވަލް 1441

19 ނޮވެންބަރު 2019
ހޯދާ