ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

 
   

 

c

 

ނ. އަތޮޅު މަދަރުސާ

މަނަދޫ، ދިވެހިރާއްޖެ

 

                                                   ނަމްބަރ GS35/2019/41

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިބެހޭ.

                    2020 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

                     ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 11.30 އަށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 02 ވާ ހޯމަ ދުވަހުގެ 11.30 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިޔާތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.     

                    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި،އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގެންނެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވެވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ވަޑައިގަނަވާކަމުގެ ލިޔުމަކާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުތައް ކެނޑޭނީ އަންދާސީ ހިސާބު ހުށައަޅުއްވާ އެންމެންގެ ހާޟިރުގައިކަމުގައިވާތީ ހުރިހާފަރާތްތަކަކުންވެސް ގަޑިއަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ 6560003 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.  

                         21 ރަބީޢުލްއައްވަލް  1441

                         18 ނޮވެމްބަރ     2019

 

18 ނޮވެންބަރު 2019
ހޯދާ