ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ކުރަންބޭނުންވާ މަރާމާތާއި ގުޅޭ

މިސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެ

                   

  1. ދަރިވަރުންގެ 4 ފާހާނާގެ ފްލަޝް ޓޭންކާއި ތަށި ބަދަލުކުރުމާއި ސްޓާފް އަދި ދަރިވަރުންގެ ފާހާނާ ޖަންކްޝަން ސާފްކުރުން
  2. ދަރިވަރުން ބޯން ބޭނުންކުރާ ވާރޭފެން އިސްކުރު ހުރިތަނުން ބަދަލުކޮށް އުސްކުރުން
  3. ކްލާސްރޫމް ތަކުގައި ހަލާކުވެފައިހުރި ފަންކާތަކާއި ބޮކިތައް ބަދަލުކުރުން
  4. ޕްރީސްކޫލް ކުދިންގެ ޕާކް ހިޔާކުރުން
  5. ދަރިވަރުން ވުޟޫކުރާ ތަން ހިޔާކޮށް އިސްކުރުބަރިއެއް ހެދުން

ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު

ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފްކުރުން

24 ނޮވެންބަރު 2019  ހެނދުނު 10:30

ރަތަފަންދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބް ހުށަހެޅުން

03 ޑިސެންބަރު 2019  ހެނދުނު 10:30

ރަތަފަންދޫ ސްކޫލް އޮފީސް

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު

ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ

މައުލޫމާތަށްޓަކައި ދެންނެވީމެވެ

                  މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)

އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2019
ހޯދާ