ފައިނު ސްކޫލް
ދިވެހިރާއްޖެ
ސުކޫލަށް ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

                     1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020ގެ ނިޔަލަށް މިސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

                     ވީމާ، ގެއެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރ 2019 ވާ އާދިއްތަދުވަހުގެ 13:30ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ 2019 ވާ ބުދަދުވަހުގެ 13:30ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

                     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2019
ހޯދާ