އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުލާސްރޫމްތަކާއި މަގުމަތީ ފާރުގައި ކުލަލުން
- މި ސްކޫލުގެ ކްލާސްރޫމް ތަކާއި ފާޚާނާ ބްލޮކްތައް އަދި މަގުމަތީ ފާރުގައި ކުލަލާން ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެމްބަރ 24 ވާ (އާދީއްތަ) ދުވަހުގެ 11.00 ގައި މި ސްކޫލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
3. ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 26 ވާ އަންގާރާ ދުވަހުގެ 11.00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ފޯމުސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
6. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރިނުވާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3325762، 3323247
އީ-މެއިލް: [email protected]
21 ރަބީޢުލްއައްވަލް 1441
18 ނޮވެންބަރު 2019
ހޯދާ