އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

 

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދުމަށް 23 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރެވުނު ނަންބަރު: IAS/MIS/2019-2378 ވަނަ އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ބިޑް ހުށަހަޅާފައި ނުވާތީ، އިސްވެ ބަޔާން ކުރެވުނު އިއުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ބަޔާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ސެޝަން 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

18 ނޮވެންބަރު 2019
ހޯދާ