މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖަރެންޓް ރިކްލެމޭޝަން މެޝިނަށް ބޭނުންވާ ޓޫލްސް އަދި ސްޕެއަރ ޕާރޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިއުލާން)

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) 2020ގެ ނިޔަލަށް ބޭނުންކުރުން ހުއްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ރިކަވަރ ކުރެވޭ އެޗްސީއެފްސީ ރީކްލެއިމް ކުރާނެ ސެންޓަރެއްގެ ޤާއިމްކޮށް އޭގެ ޚިދުމަތް ދިނުން ހިމެނެއެވެ.

މިކަމަށްޓަކައި ބޭނުންވާ ރެފްރިޖަރެންޓް ރީކްލައިމް ކުރާ މެޝިންއަށް ބޭނުންވާ ޓޫލްސް އަދި ސްޕެއަރ ޕާރޓްސް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއަށް (ނަންބަރު (IUL)438-ENV/438/2019/330 (27 އޮކްޓޯބަރ 2019) އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.  

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 24 ނޮވެމްބަރ 2019 ވާ (އާދިއްތަ) ދުވަހުގެ 00:12ގެ ކުރިން،   [email protected]  ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 24 ނޮވެމްބަރު 2019 ވާ (އާދިއްތަ) ދުވަހު އެރުވޭނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅުއްވާނީ 25 ނޮވެމްބަރ 2019 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތަކާއި އިސްވެދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުޅުވާނީ 25 ނޮވެމްބަރ 2019 ވާ (ހޯމަ) ދުވަހުގެ 11:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

“Do not Open Before 25 November 2019 at 11:00 – Procurement of Spare Parts of Refrigerant Reclaim Machine and Tools required for operating the machine” and the submitting party’s name and address

 

Procurement Section                                                                                              

Ministry of Environment

Green Building, Handhuvaree Hingun, Maafannu

Male’, 20392, Republic of Maldives

Email: [email protected]

Website: www.environment.gov.mv

Project name: HCFC Phase-out Management Plan (HPMP)

Announcement number:  (IUL)438-ENV/438/2019/350

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ފޯން3018369

އީމެއިލް: [email protected]

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

18 ނޮވެންބަރު 2019
ހޯދާ