ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިލަންދޫ ބަނދަރު ބައްތި ޖެހުމަށް ކޯރު ކޮނުމާއި ދަނޑީގެބުޑު އެޅުން

މިރަށު ބަނދަރު ބައްތި ޖެހުމަށް ކޯރުކޮނުމާއި ބައްތި ދަނޑީގެބުޑު އެޅުމުގެ މަސައްކަތް ކުރަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިފީމެވެ.

މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް  20 ނޮވެމްބަރ 2019 ވާ ބުދަދުވަހުން ފެށިގެން 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

މައުލޫމާތު ބައްދަލުވުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

26 ނޮވެމްބަރ 2019

އަންގާރަ

11:00

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

28 ނޮވެމްބަރ 2019

ބުރާސްފަތި

11:00

         

 މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ބައްދަލުވުމަށް  އަދި ބިޑް ހުށަހެޅުމަށް ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

17 ނޮވެންބަރު 2019
ހޯދާ