ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯއިން އެކި ފަރާތަތަކާއި އެކު ހަދާފައިވާ ކުރެޑިޓު ފެސިލިޓީ އަދި ރެންޓް އެގްރީމަންޓްގެ ދަށުން އެސްޓީއޯއަށް ދައްކާފައިވާ އެޑްވާންސް ޕޭމަންޓާއި ބެހޭ

އެސް.ޓީ.އޯ އިން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އަދި ރެންޓް އެގްރީމެންޓްގެ ދަށުން މިކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޑިޕޮސިޓް ގެ ފައިސާ ބައެއް ފަރާތްތަކަށް ވަނީ މިކުންފުނިން ހަވާލުނުކުރެވިއެވެ.        

ވިމާ، އެސް.ޓީ.އޯ އާ އެކު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ  ތެރެއިން އެޑްވާންސް ޑިޕޮސިޓްގެ ގޮތުގައި ދައްކަވާފައިވާ ފައިސާ ހަވާލު ނުކުރެވި ފަރާތެއް ވާނަމަ 25 ޑިސެމްބަރ 2019 ގެ ކުރިން ރަސްމީ ސިޓީ އަކުން އެކަން އެސް.ޓީ.އޯ އަށް އަންގަވާދެއްވުން އެދި ދަންނަވަމެވެ.

އަދި ހަމަ މިއާއެކު ކްރެޑިޓް ސްކީމަށް އެއްވެސް ފަރާތަކުން މިކުންފުންޏަށް އިތުރަށް ފައިސާ ދެއްކިފައިވާނަމަވެސް އެކަން އަންގަވާ ދެއްވުމަށް އެދެމެވެ.

17 ނޮވެންބަރު 2019
ހޯދާ