މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2019/408 ) (އޮކްޓޯބަރ 31 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 11:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އަދި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަދި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 11:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ރަބީއުލްއައްވަލް 1441

17 ނޮވެންބަރު 2019
ހޯދާ