ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު އިމްސާ ގޯތީގެ އުތުރުން ކުޅޭފެމަގުގައި ހުރި ރުއްގަހުގެ ނީލަން ކިއުމާއި ގުޅޭ

ފުވައްމުލަކު ފުނާޑު އަވަށު އިމްސާ ގޯތީގެ އުތުރުން ކުޅޭފެމަގުގައި ހުރި ނަންބަރ 01 ޖަހާފައިވާ ރުއްގަހުގެ ނީލަންކިޔުން 26 ނޮވެމްބަރު 2019 (އަންގާރަ) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރު 2019 ވަނަ ދުވަހު 9:00 އަށް  އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 27 ނޮވެމްބަރު 2019 ދުވަހު 12:00 ގެ ކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ފައިސާ ދައްކަވައި 28 ނޮވެމްބަރު 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.    

17 ނޮވެންބަރު 2019
ހޯދާ