ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިއުން:

ފުވައްމުލަކު ދަޑިމަގުއަވަށު ރޯޒްވިލާ ކުރިމަތިން ފިނިވާމަގުގެ ހުޅަނގު ފަރާތުގައި އޮތް ހުސްބިމުގައި 01 އިން 03 އަށް ނަންބަރުޖަހާފައިވާ ރުއްގަހާއި ރޯޒްވިލާއާއި އިންވެގެން އޮތް ހުސްބިމުގައި 01 އިން 11 އަށް ނަންބަރު ޖަހާފައިވާ ރުއްގަސް އަދި ދަޑިމަގުއަވަށު ރަށްފުސްގެ ކުރިމަތިން ރަތްވިލާމަގުގެ ހުޅަނގު ފަރާތުގައި އޮތް ހުސްބިމުގައި 01 އިން 03 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިޔުން 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަންނަންގަވާ ފަރާތްތަކުން 01 ޑިސެންބަރު 2019 ވާ ބުދަދުވަހު 12:00 ގެކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދައްކަވައި 03 ޑިސެންބަރު 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްތައް ނަންގަވަންވާނެއެވެ.

17 ނޮވެންބަރު 2019
ހޯދާ