މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ ލ.އަތޮޅު އަދި ށ. އަތޮޅުގެ ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

       މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ ލ.އަތޮޅު އަދި ށ. އަތޮޅުގެ ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތިރީގައިމިވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- ބީޕީ އެޕަރައިޓަސް

- ސްޓެތަސްކޯޕް

- ޕަލްސް އޮކްސިމީޓަރ

- ވައިޓަލްސައިން މޮނީޓަރ

- އިންފްރާރެޑް ތަރމޯމީޓަރ

- ފީޓަލް ޑޮޕްލަރ

- ޑިޖިޓަލް ވެއިންގ މެޝިން އަދި މެޑިކަލް އިންސްޓްރޫމަންޓް

       މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓްސްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ރަބީއުލްއައްވަލް 1441

17 ނޮވެންބަރު 2019
ހޯދާ