އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 " މުބާރާތް ބޭއްވުމަށް

އިޢުލާން

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 " ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 26 ޑިސެންބަރު 2019 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުން ފެށިގެންއައްޑޫސިޓީ ކައުންސިލްގެ އިދާރާ ، ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް އިން ލިބެން ހުންނާނެއެވެ.

ވީމާ، " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 " މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން  ފޯމު ފުރިހަމަ ކުރައްވައި 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުން އެދެމެވެ.

17 ރަބީޢުލްއައްވަލް  1441

14 ނޮވެންބަރު 2019
ހޯދާ