ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ބިމުގައި ހުރި ރުއްގަސްތައް ނީލަންކިޔުމާއި ގުޅޭ

ސްޕޯޓްސް އެރީނާ ބިމުގައި ހުރި ރުއްގަސްތައް ނީލަންކިޔުމާއި ގުޅޭ

މިރަށުގައި ސްޕޯޓްސް އެރީނާއެއް އެޅުމަށް ބޮޑުތަކުރުފާނުމަގުގެ އިރުމަތީފަޅިން، ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްގަސްތައް އެންމެ ރަނގަޅު އަގެއް ހުށަހަޅާފަރާތަކަށް ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ސްޕޯޓްސް އެރީނާ އަޅާ ބިމުގައިހުރި ރުއްގަސް ނަގައިގެން އިންދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން, ޕްރޮޕޯސަލް ނުވަތަ ސިޓީ ހުށަހަޅާނީ 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ށް މިކައުންސިލްގެ އިދާރާއަށެވެ.  

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • 60 ޕޮއިންޓް އަގަށް (ހުށަހެޅި އަގު/ ހުށަހެޅޭ އެންމެ ބޮޑު އަގު × 60)
  • 20 ޕޮއިންޓް މުއްދަތަށް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20)
  • 20 ޕޮއިންޓް  ހިލޭ ބިންސާފުކުރުމާއި، ރުއްގަސްނަގާ ވަޅުގަނޑުތަކަށް ވެލިއެޅުން (ހުށަހަޅާ ލިޔުންތަކަށް ބަލާފައި 20)

 އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އެނގޭނޭ ގޮތަށެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2019
ހޯދާ