މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

މަޤާމް:             ސީނިއަރ ޕްރޮޖެކްޓް އޮފިސަރ  

މަޤާމުގެ ނަންބަރު:       311413

 ބޭނުންވާ ޢަދަދު:       1

ގިންތި:              ވަގުތީ

މުއްދަތު:             ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 23 މާރޗް 2021 ގެ ނިޔަލަށް

ރޭންކް:              އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:    ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް ، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިޕާޓްމެންޓް/ ސެކްޝަން:    ޕޮލިސީ ޕްލޭނިންގ އެންޑް ރިސޯސް މެނޭޖްމެންޓް/ ޕޮލިސީ އެންޑް ޕްލޭނިންގ ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:   މިނިސްޓްރީ/ މާލެ  

މުސާރަ:             -/7035 ރުފިޔާ

ސަރވިސް އެލަވަންސް:    -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:   80/1969 ރުފިޔާ (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ 

 

އެހެނިހެން އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުތު      

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޕްރޮޖެކްޓް މެނޭޖްމެންޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އެސް.އޭ.ޕީ ތަންފީޒުކުރުމަށް މިނިސްޓްރީ ތެރެއިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހިންގައި ވިލަރެސްކުރުން
  • މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި ކަމާގުޅޭ ހުރިހާ ފަރާތްތައް އެއިދާރާއަކާއި ގުޅުންހުރި އެސް.އޭ.ޕީ.ގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  • މިނިސްޓްރީގެ ބަޖެޓް ތައްޔާރުކުރުމާއ، މިނިސްޓްރީއާ ގުޅޭ ހުރިހާ ޕްލޭންތައް އެކުލަވާލެވިގެންދަނީ އެސް.އޭ.ޕީ.ގައި ހިމަނާފައިވާ މަސައްކަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  • އެސް.އޭ.ޕީ. ތަންފީޒުކުރުމަށް އެނުއަލް ވޯރކް ޕްލޭން އެކުލަވާލައި ވޯރކް ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • އެސް.އޭ.ޕީގައި ހިމަނާފައިވާ އިދާރާއާއި ގުޅުންހުރި މަސައްކަތްތައް ތަންފީޒްކުރެވޭ މިންވަރު މޮނިޓަރކޮށް އިވެލުއޭޓްކުރުން

(އިސްކޮށް ހަރަކާތްތެރިވާ މުއައްސަސާ އަދި ކަމާބެހޭ އެހެނިހެން މުއައްސަސާގެ ގޮތުގައި އެ މުއައްސަސާ ހިމަނާފައިވާ ހުރިމާ މަސައްކަތްތަކެއް ހިމެނޭގޮތަށް)

  • މިނިސްޓްރީއާއި ގުޅިގެން އެކުލަވާލެވޭ އައު ސިޔާސަތުތަކާއި ޕްލޭނިންގ މަސައްކަތްތަކާއި، ރިވިކުރުމާޢި، ދިރާސާކުރުމާއި ސަރވޭ އަދި ތަފާސް ހިސާބުތައް އެކުލަވާލުމަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު މަހުން މަހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހަށް ފޮނުވުން.
  • ސަބްސެކްޓަރގެ އަހަރީ ރިޕޯޓް އެކުލަވާލައި ކަނޑައަޅާ  ތާރީޚަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން.
  • އެސް.އޭ.ޕީ ތަންފީޒްކުރެވެމުންދާ މިންވަރާއި އެސް.އޭޕީ.ގެ މަސައްކަތްތަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ޕޮލިޓިކަލް މެނޭޖަރަށް  ފޯރުކޮށްދީ ޕޮލިޓިކަލް މެނޭޖަރުގެ ލަފައާއި އިރުޝާދުގެ ދަށުން މިނިސްޓްރީގެ އެސް.އޭ.ޕީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
  • މިނިސްޓްރީއާ ގުޅުންހުރި އެސް.އޭ.ޕީ މަސައްކަތްތަކުގެ ކީ ޕަރފޯމަންސް އިންޑިކޭޓަރުތައް ކަނޑައެޅުން.
  • ކޮންމެ އަހަރަކު ހަތަރު ފަހަރު ބޭއްވޭ މަސައްކަތް ބައްދަލުވުންތަކުގައި ބައިވެރިވެ އެއިދާރާއަކާއި ގުޅޭ ސަބްސެކްޓަރގެ ކުރިއެރުންތަކާއި ގުޅުންހުރި  މަޢުލޫމާތު ހިއްސާކުރުން.
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހާއި ކޮމިއުނިކޭޝަން އޮފީހާއެކު އެސް.އޭ.ޕީގެ މަސައްކަތްތައް ވިލަރެސް ކުރުމުގެމަސައްކަތް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންވިއު އަދި ޕްރެކްޓިކަލްސް 

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރ ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

17  ޖުމާދަލްއައްވަލް    1441

14 ނޮވެންބަރު 2019
ހޯދާ