މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރީއޮތޮރައިޒޭޝަން ދަށުން ބޭސް އިމްޕޯރޓް ކުރުމާއި ގުޅޭ

އިޢުލާން

 

                             

               މިއޮތޯރިޓީގެ އިއުލާން ނަންބަރު IUL)182-MTG/2016/16) (ސެޕްޓެމްބަރު 05 2016) އާއި ހަވާލާދީ ދަންނަވަމެވެ.

                 އެޕްރޫވްޑް ޑްރަގް ލިސްޓްގައި ޕްރީއޮތޮރައިޒޭޝަން  ނަގައިގެން އިމްޕޯރޓް ކުރުމަށް ފާހަގަ ކޮށްފައިވާ ބޭސްތައް 01 ޖެނުވަރީ 2020 އިން ފެށިގެން ހުއްދަ އަށް އެދި އެޕްލިކޭޝަން ފޯރމް (އެޕްލިކޭޝަން ފޯ ޕްރިއޮތޮރައިޒޭޝަން ޓު އިމްޕޯރޓް މެޑިސިން) ހުށަހަޅުއްވާއިރު ތިރީގައި ބަޔާން ކޮށްފައިވާ ލިޔެކިޔުން ހުށަހެޅުމަށް ދަންނަވަމެވެ.

  • ބޭސް އެތެރެ ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަން އެނގޭ ލިޔުން
  • އިމްޕޯރޓް ކުރަން ބޭނުންވާ ބޭހުގެ ތަފްސީލީ މައުލޫމާތު (ބޭހުގެ ކޮމްޕޮޒިޝަން، ބޭހުގެ ބާރުމިން، ބޭސް އުފެއްދި ކުންފުނި އަދި ޤައުމު އެނގޭ ގޮތަށް)
  • މެނުފެކްޗަރިން ސައިޓްގެ ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (GMP) ސެޓްފިކެޓްގެ ކޮޕީ
  • ބޭސް އުފައްދާ ގައުމުގެ ރެގިއުލޭޓަރީ އޮތޯރިޓީގައި އެބޭހެއް ރަޖިސްޓްރީ ކުރިކަން ސާބިތު ކޮށްދޭ ލިޔުމެއް  

 

           އިތުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.

14 ނޮވެންބަރު 2019
ހޯދާ