މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

6 ނޮވެމްބަރ 2019 ގައި ކުރެވުނު އިޢުލާނު ނަންބަރު: (IUL)438-ENV/438/2019/344 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި ބީލަން އަލުން ހުޅުވާލަމެވެ.

ދިވެހިރާއްޖެއިން މިނަމާޓާ ކޮންވެންޝަން އޮން މަރކުއިރީ މުއާހަދާ ތަސްދީގު ކުރުމަށް މަރކުއިރީ އިންވެންޓްރީ އެއް ތައްޔާރުކުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއިއެކު ތައްޔާރުކުރެވޭ "މިނަމާޓާ އިނިޝިއަލް އެސަސްމަންޓް"ގެ ލޭއައުޓު ހަދާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ވަކިވަކި ފަރުދުން 19 ނޮވެމްބަރ 2019 ދުވަހުގެ ހެނދުނު 10:00  ގެކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، މަސައްކަތް ކުރުމުގެ ޓައިމްލައިން އަދި  މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލާއި ޝަރުތު އެކުލެވޭ ޓަރމްސް އޮފް ރެފަރެންސް (TOR) މި އިއުލާން އާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވާނީ  19 ނޮވެމްބަރ 2019 ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހުން ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.

ބީލަންތަށް ހުޅުވާނީ 19 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ހާޒިރުގައެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

Do not Open Before 19th November 2019 at 10:00 hours – Recruitment of Layout Designer for the Minamata Initial Assessment Report and the submitting party’s name and address.

 

Procurement Section                                                                                                

Ministry of Environment

Green Building, Handhuvaree Hingun, Maafannu

Male’, 20392, Republic of Maldives

Email: [email protected]

Web site:  http://www.environment.gov.mv

އިތުރުމައުލޫމާތު:

ފޯން: 3018300 / 3018353

އީމެއިލް: [email protected]

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.

 

13 ނޮވެންބަރު 2019
ހޯދާ