މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް ނަމްބަރު:

J-316835

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4.ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ކޮމްޕިއުޓަރ ސައިންސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީގެ އައިޓީ ޕޮލިސީތަކާއި އެއްގޮތަށް ސާރވާރތައް ޑިޕްލޮއި ކުރުމާއި މެނޭޖްކުރުން.
  2. މިނިސްޓްރީގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާރވާރތަކުގެ އެސެސްމެންޓް ހެދުމާއި، އިތުރަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ބަޖެޓްކުރުމާއި އިންސްޓޯލްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  3. މިނިސްޓްރީގެ ސާރވަރތަކުގެ ހިދުމަތް މެދުނުކެނޑި ލިބޭތޯ ޔަޤީން ކުރުން.
  4. މިނިސްޓްރީގެ އައިޓީ ޕޮލިސީތަކާއި އެއްގޮތަށް ނެޓްވޯރކް އިންފްރާސްޓްރަކްޗަރ އިމްޕްލިމެންޓް ކުރުމާއި ނެޓްވޯރކާއި ގުޅުންހުރި ހުރިހާ އިކުއިޕްމަންޓެއް މެނޭޖްކުރުން.
  5. މިނިސްޓްރީގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ނެޓްވޯރކްގެ އެސެސްމެންޓް ހެދުމާއި، އިތުރަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ބަޖެޓްކުރުމާއި އިމްޕްލިމެންޓްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  6. މިނިސްޓްރީގެ ނެޓްވޯރކްގެ ހިދުމަތް މެދުނުކެނޑި ލިބޭތޯ ޔަޤީން ކުރުން.
  7. މިނިސްޓްރީއާއި ގުޅިފައިވާ ޖީއެންއެމް އާއި އިންޓަރނެޓްގެ ހިދުމަތް މެދުނުކެނޑި ލިބޭތޯ ޔަޤީން ކުރުން.
  8. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވެން.
  9. އައިޓީ ސެކްޝަން ހެޑްގެ އިރުޝާދާއި އެއްގޮތަށް ދުވަހުންދުވަހަށް ހަވާލު ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  10. މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން ކުންފުނި ތަކާއި އޮފީސްތަކުގެ އައިޓީ މަސައްކަތްތަކަށް އެޓެންޑް ވުން.
  11. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ކޮމްޕިއުޓަރ ސައިންސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

     (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ " އިންފޮމޭޝަން ޓެކްނޮލޮޖީ " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް  9603323840 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 9603323840+ އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

13 ނޮވެންބަރު 2019
ހޯދާ