މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދެ އުޅަނދު ނައްތާލުމާއި ބެހޭ

މޯލްޑިވްސް އައިލެންޑް ކްރޫޒް ޕވޓ ލޓޑ (ރަޖިސްޓްރީ ނަންބަރ : C-0487/2004) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރ: C4009A-02-10-T "އައިލެންޑް ކްއީން" އަދި ރަޖިސްޓްރީ ނަންބަރ: C3069A-04-10-T "އައިލެންޑް ޕްރިންސެސް" ނަމަކަށްކިޔާ ދެ އުޅަނދަކީ މިކުންފުނީގެ ތިލަފުށީ ބޯޓްޔާޑް / ސައިޓަށް މަރާމާތަށް ގެނައުމަށްފަހު އަނބުރާ ނުގެންގޮސް ގިނަ އަހަރުތަކެއްވެފައިވާ ދެ އުޅަނދެވެ. އަދި މި ދެއުޅަނދު މިގޮތަށް މިކުންފުނީގެ ތިލަފުށީ ސައިޓްގައި އަޅާފައި އޮތުމުގެ ސަބަބުން މިކުންފުނީގެ ތިލަފުށީ ބޯޓްޔާޑް ގައި ދެމުންދާ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެ ކުންފުނީގެ ވިޔަފާރިއަށް މިކަމުގެ ގިނަގުނަ ގެއްލުން ދަނީ ލިބެމުންނެވެ.

           ވީމާ، މި ދެއުޅަނދުގެ ވެރިފަރާތުން މިދެއުޅަނދާއި ގުޅޭގޮތުން މިކުންފުންޏަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކެވުމަށްފަހު މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެމް.ޓީ.ސީ.ސީގެ ތިލަފުށި ބޯޓްޔާޑުން މިދެއުޅަނދު ގެންދިއުމަށް އަންގާ އިޢުލާނުކުރަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މަތީގައި ދެންނެވިފައިވާ ފަދައިން ޢަމަލު ނުކުރައްވައިފިނަމަ އިތުރު އެންގުމަކާއި ނުލާ މި ދެ އުޅަނދު ނައްތާލުމުގެ މަސައްކަތް މިކުންފުނީގެ ފަރާތުން ކުރިއަށް ގެންދާނެ ކަމުގައިވެސް ދެންނެވީމެވެ.

12 ނޮވެންބަރު 2019
ހޯދާ