ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މަސްމާރުކޭޓް، އޮޑިއެހެލާ ސަރަހައްދު އަދި އުތުރު ބަނދަރު ފަޅުތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 12 ނޮވެމްބަރ 2019 (އަންގާރަ) ދުވަހުން ފެށިގެން 19 ނޮވެމްބަރ 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ.

 މަޢުލޫމާތު ދިނުން – 21 ނޮވެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގައި

 އަންދާސީ ހިސާބު ހުޅުވުން – 26 ނޮވެމްބަރ 2019 ވާ (އަންގާރަ) ދުވަހުގެ 13:30 ގައި

 

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި އަންދާސީ ހިސާބަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަނުގައި ބައިރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ / ހދ ކުޅުދުއްފުށި

. ފޯން: 6527174

12 ނޮވެންބަރު 2019
ހޯދާ