އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެކުވެނީގައި ކުލަ އާއި ދަވާދުލައި ފެންސްގެ ދާ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލްގެ ނަންބަރ  (IUL)355-ESMS/INDIV/2019/26 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އަގު ބޮޑު ކަމަށް ފެންނާތީ އެއިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

މިރަށުގެ ކުޅިވަރު އެކުވެނީގައި ޖަހާފައިވާ ފެންސް ދާތަށް ނެގުމަށްފަހު އައު ފެންސްދާ ޖަހާ ދަގަނޑު ހޮޅިތަކުގައި ދަވާދުލާ ވަށާފާރުގައި ކުލެލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް 20 ދުވަހުގެ ތެރޭގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2019ވާ އަންގާރަ ދުވަހުގެ 13:30 އަށް މިމަސައްކަތްކޮށްދެއްވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދި ދެންނެވީމެވެ.  

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީއެއް ދެއްވުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ. އަދި މި ދެބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތްތަކުގެ އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.  

ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ މިންގަނޑު ތިރީގައި އެވަނީ އެވެ.

އެންމެ ދައް އަގެއް ހުށަހަޅާ ފަރާތަކަށް 100 މާކްސް

  

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

12 ނޮވެންބަރު 2019
ހޯދާ