ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލް ކެފޭ އިމާރާތަށް ބައެއް އިތުރުކުރުން

ކެފޭއާއިގުޅިގެން ބައެއް އިތުރުކުރުމާއިބެހޭ.

މިހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިންބޭނުންކުރަމުންއައި ކެފޭ ޢިމާރާތް މަރާމާތުކުރުމާއި އަދި އެޢިމާރާތާއިގުޅިގެން، ދެކުނަށް ބައެއް އިތުރުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެންބަރު 2019 ވާ ބުދަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެންބަރު 2019 ވާ ބުދަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 ނޮވެންބަރު 2019
ހޯދާ