ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެމޯގްރަފީ ހެދުމަށް ބޭނުންވާ ރޫމާއި މިކަމާގުޅޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެމޯގްރަފީ ހެދުމަށް ބޭނުންވާ ރޫމާއި މިކަމާގުޅޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

  •       ރަޖިސްޓްރީ ކުރުން

7 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 9:00 ން 13:00 އަށް

  •        ޕްރިބިޑް މީޓިންގ

13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 10:00 ގައި

  •        އަންދާސީ ހިސާބު ހުށަހެޅުން

18 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ 10:00 ގައި

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

06 ނޮވެންބަރު 2019
ހޯދާ