ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ދޯނި/ބޯޓު ފަހަރު ތަކަށް އަދި އެސްޓީއޯއިން އަންގާ ތަންތަނަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އެސްޓީއޯގެ ދޯނި/ބޯޓު ފަހަރު ތަކަށް އަދި އެސްޓީއޯއިން އަންގާ ތަންތަނަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ނޮވެމްބަރ 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 އީމެއިލް:[email protected]

ބީލަންކަރުދާސްދޫކުރުންރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ނޮވެމްބަރ 13 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް  އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 ނޮވެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 12:00  ގެ ކުރިން  އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި، 2019 ނޮވެމްބަރ 18 ހޯމަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:    3344180، 3344295

ފެކުސް:  3344633

އީމެއިލް:  [email protected]

05 ނޮވެންބަރު 2019
ހޯދާ