ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

           މިސްކިތު މަސައްކަތު މުވައްޒަފުން  ޗުއްޓީ  ނެގުމުންނާއި،  ސަލާމްބުނުމުން  ނުވަތަ  އާއިލީ  ޒިންމާ  ޗުއްޓީނެގުމުން  ނުވަތަ  ދާއިމީ  މުވައްޒަފުން  ވަޒީފާއިން  ވަކިވުމުން  އެ  މަޤާމަށް  މުވައްޒަފަކު  ހަމަޖެއްސުމަށް  ނަގާ  މުއްދަތުގައި،  ވޭޖް  އެމްޕްލޯއިމަންޓުގެދަށުން  ތިރީގައިވާ  މަޤާމަށް  މީހުން  ހޯދަން  ބޭނުންވެއްޖެއެވެ. 

މަޤާމް:

މިސްކިތު މަސައްކަތު

މަޤާމް ނަންބަރު:   

06/2019 އިން 07/2019 އަށް

ބޭނުންވާ އަދަދު:

2 (ދޭއް)

ގިންތި:

ވޭޖް އެމްޕްލޯއިމަންޓް ވަގުތީ

މަޤާމުގެ ރޭންކް:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ މިސްކިތްތައް، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ (ދުވާލަކު 5 ގަޑިއިރު)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.
  2. ކޮންމެ ނަމާދުވަގުތަކަށް ކައުންސިލް އިދާރާއިން ރާވާގޮތެއްގެ މަތިން މިސްކިތަށްގޮސް މިސްކިތާއި ފާޚާނާއާއި އިސްކުރުބަރިއާއި ވަޅުދޮށް ސާފުކުރުން.
  3. މިސްކިތް ފޮޅައި ސާފުކޮށް ވަޅުދިޔަހިއްކައި މިސްކިތާބެހޭ ހުރިހާކަމެއްކުރުން.
  4. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު/ އިމާމަށާއި ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން
  5. ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި ގަހަށް ފެންދީ ބެލެހެއްޓުން.
  6. މިސްކިތު ގޯތިތެރޭގައި ފެންތާނގީ ހުރިނަމަ، ކައުންސިލްގެ އިދާރާއިން އަންގާ ގޮތަކަށް، އެ ތާނގީތަށް ސާފުކޮށް، ބެލެހެއްޓުން.
  7. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  1. ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެންއޮންނަ މަގުން ވިނަ ނޮޅައި ސާފުކޮށް ކުނިތައް ނައްތާލުން.
  2. ކޮންމެދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ހޮޅިބުރިތަކާއި، ފަންކާތަކާއި، އޭ.ސީތައް ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އުސޫލަކުން  ދިއްލުމާއި ނިއްވުން.

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. (ލިޔަން ކިޔަން އެނގޭތޯ ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.)
  2. ޢުމުރުން 18 އަހަރު ފުރި 60 އަހަރު ނުފުރޭ މީހަކު ކަމުގައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ މުޙިއްމު މަޢުލޫމާތު ހިމެނޭގޮތަށް(
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. )ލިޔެފައިވާ ލިޔުންތައް

ކިޔަން އެނގޭ ފަދަ ކޮޕީއެއް(    

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރު މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

 

26

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100

  1.          

 

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 20 ނޮވެމްބަރަ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ގުޅައިގެން ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ،21 ނޮވެމްބަރ 2019 އާއި، 24 ނޮވެމްބަރ 2019 ވަނަ ދުވަހާއި ދެމެދު ލ. އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފާއިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު 6800709 އަށެވެ.

06 ނޮވެންބަރު 2019
ހޯދާ