ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިސްދޫ ކައުންސިލް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ނިޒާމުގައި މަސައްކަތް ކުރާނެ މަސައްކަތު މީހެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިއީ ސިވިލް ސަރވިސް އިން މިއިދާރާއަށް ފާސްކޮށްދީފައިވާ އޮނިގަނޑުގައި ހިމެނޭ ވަޒީފާއެއް ނޫނެވެ. މި ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްދެވޭނީ މި ނިޒާމުގެތެރެއިން ލިބޭ އާމްދަނީގެ ފައިސާ އިންނެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ (މިމަޤާމަކީ ރަނގަޅަށް މަސައްކަތްކުރަމުންދާނަމަ 05 މަސްފަހުން ދާއިމީ ކުރެވޭނެ މަޤާމެކެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/3000 ރުފިޔާ (ތިންހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (އެއްހާސް ރުފިޔާ) (ހުކުރުދުވަސް ފިޔަވައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/33.33 ރުފިޔާ. ހުކުރުދުވަހަށްވާ ފައިސާ މަސައްކަތްނުކުރިކަމުގައިވިޔަސް ލިބޭނެއެވެ.)

ޢިނާޔަތްތައް:

07 ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތް ކުރާނަމަ، ގަޑިއަކު -/10 ރ (ދިހަ ރުފިޔާ) ގެ ރޭޓުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ. އަދި މީގެ އިތުރުން ސިވިލްސަރވިސް މުވައްޒަފުންނަށް ރަމަޟާން މަހު ޢިނާޔަތު ފައިސާދޭ އުޞޫލުން އިނާޔަތު ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1        (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1-      ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށްވުން.

2-      ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން.

3-      ގިނަ ވަގުތު މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އިސްދޫގައި ޤާއިމުކުރެވިފައިވާ ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ޕިކަޕް ގައި އާއި އަދި ކުނި ކޮށީގެ މަސައްކަތު މީހެއްގެ ގޮތުން މަސައްކަތް ކުރުން.

2-      ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ ސްޕަވައިޒަރ ދައްކާ މަސައްކަތް ކުރުން.

3-      ކުނި ނައްތާލާ ނިޒާމުގެ ދަށުން ގޭގެއިން ކުނި ބުނިތައް ކުނި ކޮށްޓަށް ގެންދިއުމާއި އަދި ކުނިކޮށީގައި އެކުނިތައް ރައްކާތެރިކަމާއި އެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

4-      ކުނިކޮށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

5-      ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ޕިކަޕަށް ކުނިބުނިތައް ލޯޑް ކުރުމާއި އަދި ކުނިކޮށްޓަށް ކަނޑައެޅިފައިވާ ތަރުތީބުން ކުނިބުނިތައް ކުނިކޮށްޓަށް ހުސްކުރުން.

6-      އަދި މި ނިޒާމުގައި ޕިކަޕް ގައި އާއި ކުނިކޮށީގައި އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ބޭނުންކުރާ ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުން.  

7-      ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތައް ކުރުމަށް ޕިކަޕްގެ މަސައްކަތުމީހެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ޕިކަޕްގެ އެންމެހާ ކަންކަން ސާފުތާހިރުކޮށް ބެލެހެއްޓުން.

8-      ރަށުގެ ކުރިއެރުމަށް ކައުންސިލް އިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 21 ނޮވެމްބަރ 2019 އިން 24 ނޮވެމްބަރ 2019 އާއި ދެމެދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތި ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވަޒީފާއަށް އެދޭކަން ބަޔާންކޮށް ސިޓީ ހުށަހެޅުއްވުމަށް އެދެމެވެ.  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1-      ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

3-      ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ސާފު ކޮޕީ

4-       ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ

5-      ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.  

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ކަނޑައަޅާނީ،ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު،އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

-          ލިބިފައިވާ ތައުލީމާއި ތަމްރީން

-          މަސައްކަތު ތަޖުރިބާ

-          މަސައްކަތުގެ ހުނަރާއި،ޤާބިލްކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800709 ނަންބަރު ފޯނާއެވެ.

06 ނޮވެންބަރު 2019
ހޯދާ