ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ކެންޓީނެއް ހަތް ދުވަހަށް ހިންގާނެ ފަރާތެއް ހޯދުމާއިބެހޭ

11 އޮކްޓޫބަރު 2019 ވަނަ ދުވަހު އިއުލާން ނަންބަރު (IUL)-BCC/2019/39 ގެ ދަށުން ފަންނު އެކްސްޕޯއަށް ދަރުބާރުގޭގައި ހަތް ދުވަހަށް ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ބީލަމާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަނީ ލިބިފައިއެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން މިކަމަށް ބީލަން ހުށަހަޅާފައިނުވާތީ "ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ހަތް ދުވަހަށް ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ތިރީގައި މިވަނީ ފަންނު އެކްސްޕޯގެ ކުޑަ ތައާރަފެކެވެ.

ފަންނު އެކްސްޕޯ 2019 އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) ދިވެހި އުފެއްދުންތައް އިތުރުކޮށް، ދިވެހި އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މައުރަޒެކެވެ. މިއީ މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މި މައުރަޒު އޮންނާނީ ނޮވެންބަރު މަހުގެ 22 އިން ނޮވެންބަރު 28 އަށް ދަރުބާރުގޭގައިއެވެ. އަދި މައުރަޒު ބާއްވާ ސަރަހައްދުގެ އިވެންޓް މެނޭޖްމެންޓް އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ވަނީ ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ.

އިސްވެ ދެންނެވިހެން "ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ހަތް ދުވަހަށް ކެންޓީނެއް ހިންގަން ޝައުގުވެރިވާ އެންމެހައި ފަރާތްތަކުން މިކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް މިހާރު މިއޮތީ ހުޅުވާލެވިފައިއެވެ. ދެވަނަ ފަހަރަށް މި ހުޅުވައިލާ ފުރުސަތަކީ ކުރީފަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު ކެންޓީނު ހިންގުމުގެ ޝަރުތުތަކަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ގެނެސްގެން ހުޅުވައިލާ ފުރުސަތެއްކަންވެސް މިކަމަށް ޝަރުތު ހަމަވާ އަދި ޝައުގުވެރިކަން ހުރި އެންމެހައި ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.

މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 7 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. އަދި ހުށަހެޅުންތައް ހުށަހެޅުން އޮންނާނީ 13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 01:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ހުށަހެޅުން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ލިޔެކިޔުން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.

 

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

4 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 549-3010

އީމެއިލް: info@bcn.mv

05 ނޮވެންބަރު 2019
ހޯދާ