ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއަޔަށް ދިނުން

ފ. ބިލެތްދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔައް ދިނުމާއި ގުޅޭ:        

  

ފ.ބިލެތްދޫ ރައްޔިތުންގެ ތެޔޮފިހާރަ، ޤާނޫނު އަސާސީގެދަށުން ހުއްދަކުރާ ކޮންމެ ވިޔަފާރިއެއް ކުރެވޭނެ ކަމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ.

            ވީމާ، ބިލެތްދޫ ތެޔޮފިހާރަ ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރް 2019 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ޕްރީ ބިޑް މީޓިންގް އޮންނާނީ  13 ނޮވެންބަރް 2019  ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ 19 ނޮވެންބަރް 2019  ވާ އަންގާރަ ދުވަހުގެ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިން ހޯލްގައެވެ.

މައުލޫމާތު ސެސަން އަށް ވަދެވޭނީ -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ތެޔޮފިހާރަ ކުއްޔަށް ދިނުމާއި ގުޅޭ" މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

 

05 ނޮވެންބަރު 2019
ހޯދާ