މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޑިއުސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

މަގާމް:

ސީނިއަރ ޕްރޮޑިއުސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު: 03 (ތިނެއް) މަސް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ލެވެލް:

ސީނިއަރ އޮފިސަރ

ސެކްޝަން/ޔުނިޓު:

އިސްލާމިކް ސްޓޫޑިއޯ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މުސާރަ މަހަކު:

މަހަކު -/7000ރ (ހަތްހާސް ރުފިޔާ)

  1. އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/200ރ (ދުއިސައްތަ ރުފިޔާ)
  2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަގާމުގެ ޝަރުތު

1. މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

2. މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. ޕްރޮގްރާމް އުފައްދާ ހުށަހެޅުން.
  2. ޕްރޮގްރާމް ކޮންސެޕްޓް އަދި ސެޓް ޑިޒައިންއާއި ސިނަމެޓޮގްރަފީ ތައްޔާރުކުރުން.
  3. ޕްރޮގްރާމް ބަޖެޓް ހެދުން.
  4. ޕްރޮގްރާމް ރިކޯޑްކުރުމުގެ މަސައްކަތް ރާވައި ހިންގުން
  5. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.)

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2019 ނޮވެންބަރު 14 އާ 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.

01 ނޮވެންބަރު 2019
ހޯދާ