ދިވެހިރާއްޖެ
އެސްޓީއޯއަށް ގެނެވޭ ހިލަ، ހިލަވެލި އަދި ހިމުންވެލި އެއްއަހަރުދުވަހުގެ މުއްދަތަށް 50 ކިލޯ ބަސްތާތަކަށް ރީޕެކްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯއަށް ގެނެވޭ ހިލަ، ހިލަވެލި އަދި ހިމުންވެލި އެއްއަހަރުދުވަހުގެ މުއްދަތަށް 50 ކިލޯ ބަސްތާތަކަށް ރީޕެކްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 ނޮވެމްބަރ 07 ވާ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތައް [email protected] އަށް ފޮނުވައި ރަޖިސްޓްރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ނޮވެމްބަރ 07 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ނޮވެމްބަރ 10 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ނޮވެމްބަރ 12 ވާ ދުވަހުގެ 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ނޮވެމްބަރ 13 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 17 ވަނަ ދުވަހު 1100 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: , 33441803344374
އީމެއިލް: [email protected]
31 އޮކްޓޯބަރ 2019