ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އޮފިސަރ

މަޤާމް :ލޮޖިސްޓިކްސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

ލޮޖިސްޓިކްސް އޮފިސަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 6,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން.
  • ކުންފުނިން ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކަށް ބޭނުންވާ ލޮޖިސްޓިކްސް މަސައްކަތްކުރުން.
  • ކުންފުނިން ބާއްވާ ހަފްލާތަކަށް ތަން ތައްޔާރުކުރުމާއި ކަމާއި ގުޅޭ އެންމެހާ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން.
  • ކުންފުންޏަށް މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް ކުރުމާއި ގަނެވޭ ތަކެތި ސްޓޯރކުރުމުގައި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް އެހީތެރިވެދިނުން.
  • އޮފީހުގެ މެއިންޓަނެންސްގެ މަސައްކަތްތައް ބެލެހެއްޓުން.
  • ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި މިކަންކަމުގެ ލިޔެކިޔުންތައް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

ތަޖުރިބާ:

  • މަސައްކަތުގެ ތަޖުރިބާގެ މަދުވެގެން 2 އަހަރު ހުރުމާއި އެކު، އަސާސީ ތައުލީމުގެ ފެންވަރު ހުރުން

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 

ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
31 އޮކްޓޫބަރު 2019
ހޯދާ