މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެއްޖެ

                                                                      ނަންބަރު: IUL)MMPRC-PRO/1/2019/7)

އިޢުލާން

                       މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 10 (ދިހައެއް) ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޯށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                       ވީމާ، މި ކޯޕަރޭޝަނަށް ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކުން 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2019 ނޮވެމްބަރ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހުށައެޅުއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެއްވުމަށް، އެބޭފުޅެއްގެ ނަމާއި، ކުންފުނީގެ ނަން އަދި ގުޅޭނެ ފޯނު ނަމްބަރު ޖެއްސެވުމަށްފަހު ތިރީގައިމިވާ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި "Provide Computer Systems to MMPRC" މި ގޮތައް ޖައްސަވާފައި އޮންނަންވާނެއެވެ. ބިޑު ރަޖިސްޓްރީ ކުރެއްވުމުން، މަޢުލޫމާތު ޝީޓު ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ފާތިމަތު ރަހީލް

މަޤާމް: ޑިރެކްޓަރ

                      03 ރަބީޢުލް އައްވަލް 1441ހ

                      31 އޮކްޓޯބަރ 2019މ.

31 އޮކްޓޫބަރު 2019
ހޯދާ